އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ކަރަންޓީނު ކޮށްފި އެވެ.
އެކަމަނާ ކަރަންޓީނު ކުރިން އެކަމަނާ ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޑރ ނަޒްލާގެ އާއިލާގެ ބޭފުޅަކު ފައްސިވެފައިވާ ވާކަމަށާއި، އެކަމަނާ އަކީ ފައްސިވި މީހާއާއި އެތްތާކުވި މީހެއްކަމަށް ނަޒްލާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެޗްޕީއޭ ގެ ގަވައިދާ އެއްގޮތަށް މިހާރު އެކަމަނާ ހުންނެވީ ގޭގައި ކަރަންޓީނު ވެގެން ކަމަށާއި ﷲ އިރާދަ ފުޅުން ހާލަތު ރަނގަޅު ކަމަށްވަނީ ވިދާޅުވެފައެވެ.
އެކަމަނާ ކަރަންޓީނު ގައި ހުންނެވިޔަސް އެޗްއީއޯސީން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޮންލައިން ކޮށް ބައިވެރި ވަމުން ދާނެކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.