ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ތަރި، ވިލިއަން އާރސެނަލްއަށް ސޮއި ކޮށްފިއެވެ.
3 އަަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށް ވިިލިއަން އާރސެނަލްއަށް މި ބަދަލުވީ ހިލޭ އެއްވެސް އަގެއް ދައްކަަން ނުޖެހި ފްރީ ޓްރާންސްފަރ އެއްގައެވެ.
އާރސެނަލްއަށް ތަފާތު ބަދަލުތަކެއް ގެންނަމުން އަންނަ އެ ޓީމުގެ ކޯޗު އާޓޭޓާ ބުނީ ވިލިއަންއަކީ ތަފާތު ކުޅުންތެރިއެއްކަމަށާއި، އޭނާ ބޭނުންކޮށްގެން އާރސެނަލްގެ އެޓޭކު ތަފާތު ކުރެވޭނެކަމަށެވެ.
ވިލިއަން ޗެލްސީއަށް 2013ވަނަ އަހަރު ބަދަލުވިފަހުން ޗެލްސީއާއިއެކު ތަފާތު ގިނަ ކާމިޔާބީވަނީ ހޯދާފައެވެ. ވިލިއަން ޗެލްސީއަށް 339 މެޗު ކުޅެދިންއިރު އޭނާ ވަނީ މުހިންމު އެތައް ގޯލުތަކެއް ޗެލްސީއަށް ޖަހައިދީފައެވެ.