މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބްރިޖުގެ މަޝްރޫއުއަކީ އެއީ މިސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށާއި އެ މަޝްރޫއާއެކު އިޤްތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ފެށޭނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދައުރުގައި މަޝްރޫއުތައް ނިންމުމަށް ވުރެ ބޮޑަށް މި ސަރުކާރުން މަސައްކަތް ކުރަނީ ތަރައްޤީއަށް ހިންގާ ހުރިހާ މަޝްރޫއު އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ މަޝްރޫއަށް ގާތްގަނޑަކަށް 448 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ވަނީ ނިންމާފައެވެ.