އިންޑިޔާގެ ކްރިކެޓުގެ ދުނިޔޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މަހިންދްރާ ސިންގް ދޯނީ ބައިނަލްއަޤްވާމީ ކްރިކެޓު ކުޅުން ހުއްޓާލައިފިއެވެ.
އިންޑިޔާ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ދޯނީ އަކީ އިންޑިޔާގެ ކްރިކެޓުގެ ޙަޔާތުގައި އުފެދިފައިވާ ވަރަށް މޮޅު ކުޅުންތެރިއެކެވެ. 16 އަހަރުގެ ދިގު ކެރިއަރަށްފަހު ދޯނީ ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފައިވަނީ އިއްޔެއެވެ.
”އަަހަންނަށް ކުރި ސަޕޯޓާއި ތި ދިން ލޯތްބަށް ފަށްފަށުން ޝުކުރިއްޔާ. މިއަދު ގެ 1929 އިން ފެށިގެން އަހަރެން ކުޅުން ހުއްޓާލީ ކަމަށް ބަލާ“ ދޯނީ ކުރި ޓްވީޓެއްގައި ވެއެވެ.

ދޯނީ ކުޅުން ހުއްޓާލިއިރު، ބައިނަލްއަޤްވާމީ 17،266 ރަން ވަނީ ހަަދާފައެވެ. އަދި އިންޑިޔާ ގޮވައިގެން 2 ވޯރލްޑް ކަޕްއެއްގައި ކެޕްޓަންެކަންވެސ ދޯނީ ވަނީ ކޮށްފައެވެ. އަދި މުޅި އެކު އިންޑިޔާއަށް 538 މެޗު ކުޅެދީފައިވާއިރު، 16 ސެންޓަރީސް ހަދާފައިވެއެވެ. ދޯނީ ކުޅުމާއި ދުުރަށް ދިޔުމާއެކު ދުނިޔޭގެ ކްރިކެޓުގެ މައިދާނުގެ ގިނަ ތަރިން ވަނީ މިކަމާއި ގުޅިގެން ދޯނީ ކުރި މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައެވެ.
ގިނަ ބަޔަކު ވަނީ ދޯނީ އަށް ކުރިއަށް އޮތްތަނުގައި ކާމިޔާބީއަށް އެދޭ ވާހަކަ މީސް މީޑިޔާއަށް ބަންޑުންކޮށްލާފައެވެ.