މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް މިހާތަނަށް 340 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކޮށްފައިވާނޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާތަނަށް 6155 ދަރިވަރުންނަށް ހިލޭ ޑިގްރީގެ ޕްރޮގުރާމުގެ ދަށުން އެހީ ދީފައިވާނޭ ކަމަށެެވެ. އަދި މި އެހީގެ އަގު 135.7 މިލިޔަނަށް އަރާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
އަދި މަތީ ތަޢުލީމު ހާސިލްކުރަން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ އެންމެހާ ދަރިވަރުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން، މަތީ ތަޢުލީމުގެ ފުރުސަތަށް ދޫކުރާ ލޯނުގެ ގޮތުގައި 763 ލޯނު އަދި ސްކޮލާރޝިޕްގެ ގޮތުގައި 272 ކުދިންނަށް ދީފައިވެއެވެ. މި ކަމަށް ސަރުކާރުން، 205 މިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، ދިވެހިންނަކީ ކިޔަވައިގެންތިބި ޤާބިލު ބައެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މަތީ ތަޢުލީމު ދިވެހި ދަރިވަރުން އުނގެނުމަށް ތަފާތު އެކިއެކި ގޮތްގޮތަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަދި 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކަނޑައަޅާ ބަޖެޓުގެ ބޮޑު އިންސައްތައެއް ކަނޑައަޅަނީ މަތީ ތަޢުލީމުގެ ފުރުސަތުތަކަށް ބިނާކޮށްފައެވެ.