ދިވެހިރާއްޖޭގައި ކޮވިޑް19 އަށް ފައްސިވާ %40 މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެންނާކަމަށް އެޗް.ޕީ.އޭ އިން ހާމަކޮށްފިއެވެ. އެގޮތުން ބަލީގެ އަލާމާތްތައް ހުންނަ މީހުންފެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމުގައި ވީނަމަވެސް ބަލީގެ އަސަރު ނުހުންނަ ފަރާތްތަކުން ވެސް ބަލި ފެތުރިދާނެކަމަށް އެޗް.ޕީ.އޭއިން މިވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި މިވަނީ ފުރަބަންދަށް ފަހަށް މި ބަލި އިންތިހާއަށް ފެތުރިގެންގޮސްފައެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށްވެސް ވަނީ މިބަލީގެ އަސަރުކޮށްފައެވެ. އެހެން ކަމުން މިފަދައިން ހާމަކުރާ މައުލޫމާތްތަކަށް ބައްލަވައި ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަކީ އެންމެ ރަނގަޅުގޮތެވެ.
އެގޮތުން މި ބަލި ފެތުރުނަ ނުދޭން ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ބޭރުގައި އެއްވެ ނޫޅުމާއި ގައިދުރުކަން ބެހެއްޓުމާއި އަދި މާސްއަޅައި މޫނު ނިވާކޮށް ރަނގަޅަށް އަތްދޮވެ ސާފުތާހިރުވާންއެބަޖެހެއެވެ. އަދި ހާއްސަކޮށް ކޮންމެހެން މުހިއްމުވެގެން ނޫނީ ދާންޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުމެ އުޅުން މަދުކުރަންވީއެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 3349 މީހުންވަނީ ރަގަނޅުވެފައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 96،175 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1481 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 146 ފަރާތެކެވެ. މިބަލީގައި ރާއްޖެއިން 22 މީހަކު ވަނީ މަރުވެފައެވެ.