އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދޭ ޚާއްސަ ސެންޓަރެއްގެ ޚިދުމަތް ފަށައިފިއެވެ.
ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދިނުމަށްޓަކައި ރާއްޖޭގައި ހުޅުވި ފުރަތަމަ ސެންޓަރެވެ. އައިޖީއެމްއެޗުގައި ހުޅުވި ސެންޓަރަކީ ސްޓްރޯކް ޖެހިގެން އަންނަ މީހުންނަށް ވީހާ ވެސް ގާތުން ފަރުވާދީ ޙާލަތު މޮނިޓާ ކުރުން އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެއްކަމަށް އެ ހޮސްޕިޓަލުން ހަމަކުރެއެވެ.
މި ސެންޓަރުގައި އެއްފަހަރާ 6 މީހުން އެޑްމިޓް ކޮށްގެން ފަރުވާދެވޭނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. ބަލި މީހުންގެ ހާލަތު ކުރިއަށްވުރެ ގާތުން ބެލުމުގެ މަގުފަހި ވެގެން ދާނެއެވެ.
ފިޒިއޮތެރަޕީއާ ސްޕީޗު ތެރެޕީއާ އޮކިއުޕޭޝަން ތެރެޕީ ފަދަ އިތުރު ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށާއި މި ސެންޓަރަކީ މުސްތަޤްބަލުގައި އެޑްވާންސް ސްޓްރޯކް ސެންޓަރެއް ގާއިމް ކުރުމަށް އެޅޭ ފުރަތަމަ ބިންގާ ކަމަށް އައިޖީއެމްއެޗް ފަހަގަކުރެއެވެ