ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ރައީސުލް ޖުމްޙޫރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ ސިޔާސީ ބޭފުޅުންނަށްވުރެ އެ އިދާރާގެ ޕީއެސް މަޤާމުގައި ހުންނެވި ބޭފުޅާގެ ނުފޫޒާއި ބާރުގަދަ ކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ އިސްމުވައްޒަފަކު ދިޑެއިލީ ނުހަށް ކިޔާދިން ގޮތުގައި އެ އިދާރާއަށް ރައީސް ޞާލިހްގެ ވައުދުތައް ފުއްދުމަށްޓަކައި ކަނޑައަޅާފައިވާ ސިޔާސީ ބެފުޅުންގެ މަސައްކަތަށް ޕީއެސް ހުރަސްއަޅާމުން ގެންދާކަމަށާއި އެގޮތުން އިއްޔެ ބައްވަން އޮތް މުވައްސަފުންގެ ބައްދަލުވުމަށް މުވަޒަފުން ހަޒިރުވުމަށް ހުރަސްއަޅާ ފައިވާކަމަށް ނަން ނުޖެހުމަށް އެދި ޤުރުއާނާ ބެހޭ މަރުކަޒްގެ މުވައްޒަފު ކިޔާދިނެވެ.
މީގެ އިތުރުން ޤުރުއާނާ ބެހޭ މަރުކަޒަށް ޑިރެކްޓަރަކު ނެގުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕީއެސް މަޤާމްގެ ނާޖައިޒް ފައިފާދާ ބޭނުންކުރި މަސައްކަތް ކުރުމާގުޅިގެން އެ މައްސަލަ ބަލަވަމުން ދާކަމަށާއި އެމައްސަލަ ނިމުނުހާ އަވަހަށް ރައިސް ޞާލިހަށް ޕީއެސްގެ މައްސަލަ ހުށަހަޅާނެ ކަމަވެސް އެ މުވައްޒަފް ދިޑެއީލީއަށް މަޢުލޫމާތު ހިއްސާކުރިއެވެ.
ފީއެސް ދެކޭގޮތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސިވިލް މުވަޒަފުން އަމަލުކުރަމް ޖެހޭނީ ޕީއެސް އަންގާ އެންގުމަށް ކަމަށެވެ. ނަމަވެސް ޕީއެސް އެ އިދާރާގެ ސިޔާސީ ވެރިން ވިދާޅުވާގޮތް ނުހައްދަވާ ކަމަށާއި އެހެންވުމުން މަރުކަޒުގެ ގިނަ ކަންކަން ހުއްޓިފައިވާކަން އެނާ ފާހަގކުރިއެވެ.
”އަޅުގަނޑުމެން ސިވިލް މުވަޒަފުންނަށް ޕީއެސް އަމުރުކުރާއިރު، ޕީއެސްއަށް ރައީސުލް ޖުމްޙޫރިޔާގެ މަންދޫބުންގެ އަމުރާއި ވެރިން ތަންފީޒްކުރަން އަންގާ ގިނަ ކަންކަން ނުކުރެވި އެ ހުރީ. މީ ވަރަށްް ދެރަވަރު.“ މުވައްޒަފު ފާހަގަކުރިއެވެ.