ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މި ކުޑަ ކުއްޖާއަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ 59 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ. މި މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުުހުން ބުނެފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ.
މި މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި މީހާގެ 15 ދުވަސް ޖަހައިދީ، ހޯމް މިނިސްޓްރީއިން އަންގާ ތަނެއްގައި މި މީހާ ބެހެއްޓުމަށް ވަނީ އަމުރެއްދީފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން، ނުވަަތަ ތުހުމަތު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުންގެ ވަނަވަރާއި ފޮޓޯ ބަންދުކުރުމަށްފަހު އާންމު ކުރެއެވެ.