އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހުގެ ހާލުކޮޅު ދެރަވެގެން ދެވަނަ ފަހަރަށް ހޮސްޕިޓަލުގައި އެޑުމިޓު ކޮށްފިއެވެ.
އަމިތް އަށް ވަނީ ކޯވިޑް 19 އަށް ފައްސިވުމުން ފަރުވާ ދިނުމަށްފަހު ބަލިން ރަނގަޅުވުމުން މިދިޔަ ހަފްތާގައި ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް މީގެ ތިން ވަރަކަށް ދުވަސް ކުރިން ފެށިގެން އޭނާގެ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެން މިއަދު އަނެއްކާވެސް މިވަނީ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދޭން ފަށާފައެވެ. އޭނާ އެޑުމިޓުކޮށް ފަރުވާ ދެމުން ދަނީ އޭއައިއިއެމްސް ހޮސްޕިޓަލްގެ ކޯވިޑް ކެއާ ސެންޓަރުގައި ކަމަށް އެހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އުމުރުން 55 އަހަރުގެ އަމިތް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ގޮސްފައި ވަނީ މެޑަންޓާ ހޮސްޕިޓަލްގައެވެ. އޭނާ ކޮވިޑް-19 އަށް ނައްސިވެ ހޮސްޕިޓަލުން ދޫކޮށްލީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ހުރީ ހޯމް އައިސޮލޭޝަންގައެވެ.އޭގެ އެއް ދުވަސް ފަހުން އޭނާ ވަނީ މިނިވަން ދުވަހުގެ ހަކަރާތްތަކުގައި ބައިވެރިވެފައެވެ. އަދި އޭނާގެ އޮފިޝަލް ރެޒިޑެންސްގައި ވަނީ ދިދަ ނަގާފައެވެ.