ރޭގެ ސެމީ ފައިނަލުގައި އިންޓަރ އަދި ޝަހުތަރު ޑޮނެސްކް ބައްދަލު ކުރި މެޗު 5-0 ނަތީޖާ އަކުން އިންޓަރ އިން ކާމިޔާބުކޮށް ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފައިނަލުގައި އިންޓަރ އިން ބައްދަލު ކުރަން ޖެހޭނީ ޔޫރޮޕާ ލީގު 5 ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާއާއިއެވެ.
ރޭގެ މެޗުގައި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ލައުޓާރޯ މާރޓިނޭޒްއެވެ. އަދި ދެވަނަ ހާފުގައި އަމްބްރޯސިއޯ މި ލީޑު ފުޅާ ކޮށްދިން އިރު މާރޓީނޭޒް ވަނީ އިތުރު ގޯލެއް ޖަހާފައެެވެ. މެޗު ނިމެން 10 މެނަޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފޯރވާޑް ލުކާކޫ ވަނީ 2 ގޯލު ޖަހައި ބޮޑު ތަފާތަކުން މޮޅުވެފައެވެ.
އިންޓަރގެ މި ކުޅުމާއި މެދު އިންޓަރގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާޅުކޮށްފައެވެ.
ޔޫރުޕާ ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ.