DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ރައީސް ޔާމީންގެ ވަކީލުންނަށް މާފުއްޓަށް އެރުމުގެ އަމުރަކަށް އެދިއްޖެ

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޯގަސްޓް 19, 2020
ޚަބަރު
0
ރައީސް ޔާމީންއަށް ވަކީލުންނާއި ބައްދަލު ނުކުރެވުނު

މަނީ ލޯންޑަރިންގެ ކުށުގައި މާފުށީ ޖަލުގައި 5 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވަކީލުންނަށް ކ.އަތޮޅު މާފުއްޓަށް އެރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހައި ކޯޓަށް މިއަދު މައްސަލައެއް ހުށައަޅާފިއެވެ.

ADVERTISEMENT

މައްސަލަ ހުށައެޅުއްވުމަށް ފަހު ނުކުމެ ވަޑައިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ރައީސް ޔާމީން އާއި ބައްދަލު ކުރުމަށް މާފުއްޓަށް ވަކީލުން ދިއުމުން އެރަށަށް އެރުމުގެ ހުއްދަ ދެވިފައިނުވާކަމަށާއި، އެހެން ކަމުން ރައީސް ޔާމީން އާއި ބައްދަލު ނުކުރެވުން ކަމަށެވެ. އެރަށަށް ނޭރުނީ އެކަމުގެ ހުއްދަ ރަށު ކައުންސިލުންނާއި އެޗްޕީއޭއިން ދީފައިނުވާތީ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ އެހެން ގައިދާންނާއި ބައްދަލުކުރެވޭ ކަމަށާއި، އެކަމަށް އެޗްޕީއޭ އަދި ރަށު ކައުންސިލުން ހުއްދަ ހޯދަން ނުޖެހި ހަމަ އެކަނި ރައީސް ޔާމީން އާއި ބައްދަލު ކުރުމަށް ހުއްދަ ހޯދަން ޖެހުމަކީ އެމަނިކުފާނުގެ ހައްގުތަކަށް ސަރުކާރުން އިހުމާލު ވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

”އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނީ ވަކީލުންނަށް ބައްދަލު ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ދިނުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ މުޅި ދައުލަތުގެ މައްޗަށް، ދައުލަތުގެ ކޮންމެ އިދާރާއެއްގެ މައްޗަށް، ކަރެކްޝަންސްއަށް ކައުންސިލްއަށް، އެޗްޕީއޭއަށް ވަކި އަމުރެއް ނެރޭކަށް ނުޖެހޭނެ މުޅި ދައުލަތަށް އަމުރު ކުރީމަ،“ ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ހުކުމެއް ކަމަށެވެ. މި ސަރުކާރުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންދަނީ ވެސް ޔާމީނަށް އަމާޒުކޮށް އެމަނިކުފާނަށް އަނިޔާ ކުރަން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ސިޔާސީ ގޮތުން ރ.ޔާމިނަށް ދޭ ކޮންމެ ހަމަލާއަކަށް މޭ އައްޑަނައަކަށް ދިއްކުރަން ތާއަބަދު ހުންނާނަން: ޣައްސާން

ސިޔާސީ ގޮތުން ރ.ޔާމިނަށް ދޭ ކޮންމެ ހަމަލާއަކަށް މޭ އައްޑަނައަކަށް ދިއްކުރަން ތާއަބަދު ހުންނާނަން: ޣައްސާން

ޖެނުއަރީ 23, 2021
ރައީސް ޞާލިޙް ރިޔާސީ ބަޔާން އިއްވާ ދުވަހު މުޅި ރާއްޖެ މުޒާހަރާއަށް ނިކުތުމަށް ގޮވާލައްވައިފި

ރައީސް ޞާލިޙް ރިޔާސީ ބަޔާން އިއްވާ ދުވަހު މުޅި ރާއްޖެ މުޒާހަރާއަށް ނިކުތުމަށް ގޮވާލައްވައިފި

ޖެނުއަރީ 23, 2021
ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން މީހާ ދޫކޮށްލައިފި

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން މީހާ ދޫކޮށްލައިފި

ޖެނުއަރީ 23, 2021
ރ.ޔާމިނަށް ކުރި ޙުކުމް ބަލައިނުގަނެ، އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުންނަން މަޝްވަރާ ފަށައިފި

ރ.ޔާމިނަށް ކުރި ޙުކުމް ބަލައިނުގަނެ، އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުންނަން މަޝްވަރާ ފަށައިފި

ޖެނުއަރީ 23, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In