DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ތިން ރަށަކުން މަސްތުވާތަކެތި ހޯދައި ކުޑަކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
އޯގަސްޓް 19, 2020
ޚަބަރު
0
ތިން ރަށަކުން މަސްތުވާތަކެތި ހޯދައި ކުޑަކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން އަދި އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުގައި ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ADVERTISEMENT

މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި، 29 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

މި ދެ މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ 09:45 އެހާކަންހާއިރު އެކުއްޖާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ. އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ނުވަ ފުޅި ފެނިފައިވެއެވެ.

 29 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ 17:39 ހާއިރު ތިމަރަފުށި މަގުމަތިންނެވެ.

އެ އަންހެން މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޗާޖަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މީގެއިތުރުން މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައިފާސްކުރިއިރު، އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލަތައް  އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

ޖެނުއަރީ 22, 2021
މި ފަހަރު މިއޮތީ ހޯމް މިނިސްޓަރާއި، އިސްލާާމިކް މިނިސްޓަރުގެ ގަދަ ހިފުމަކަށް ގޮސްފައި

މި ފަހަރު މިއޮތީ ހޯމް މިނިސްޓަރާއި، އިސްލާާމިކް މިނިސްޓަރުގެ ގަދަ ހިފުމަކަށް ގޮސްފައި

ޖެނުއަރީ 22, 2021
އިޤްބާލަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް އެބަކުރަން: ޖެންޑަރ

އިޤްބާލަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް އެބަކުރަން: ޖެންޑަރ

ޖެނުއަރީ 22, 2021
ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް މިރޭ ބުރޫއަރާނެކަމަށް ބުނެފި

ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް މިރޭ ބުރޫއަރާނެކަމަށް ބުނެފި

ޖެނުއަރީ 22, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In