ދިވެހިރާއްޖޭގެ ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ކުރި ޓްވީޓެއްގައި އޮތީ ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން މި ބޭންކަށްވަނީ ފާހަގަކުރެވިފައިކަަމަށާއި މިގޮތަށް ދިމާވި މައްސަލަ މިވަނީ ހޯދިފައިކަމަށެވެ.
އަދި ވީހާވެސް އަވަހަކަށް މިކަން ހައްލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ނިހާޔަތަށްވަނީ މާފަށްވެސް އެދިފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރން މިކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ކަންބޮޑުވުން ހާމަކުރި ވާހަަަކަ މީޑިއާގައި މީގެ އިރުކޮޅެއްކުރިން މިވަނީ އާއްމުވެފައެވެ. އަދި ކަސްޓަމަރުންނާއި ހަވާަލާދީ މިއީ ބޮޑުވައްކަމެއްކަމަށް ވެސް ސިފަކޮށްފައިވެއެވެ.