ޅ. އަތޮޅު ހިންވަރުންނާއި، ތ.އތޮޅު ތިމަރަފުށިން ކޯވިޑް 19 އަށް ބަޔަކު ފައްސިވެއްޖެ އެވެ. މިއިން ކޮންމެ ރަށަކުން ވެސް ފައްސިވެފައިވަނީ ދެ މީހުންވެ.
އެޗްއޯސީން ވިދާޅުވީ ހިންނަވަރުން ކޮވިޑް-19 އަށް ފައްސިވީ 78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. ތިމަރަފުށިން ކޮވިޑް-19 އަށް ފައްސިވީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މި އެންމެނަކީ ވެސް މާލެއިން ރަށަށް ދިއުމަށް ފަހު ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މި އެންމެން ފައްސިވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ފައްސިވުމުންނެވެ.
ރާއްޖޭގައި މިހާރު މިވަނީ ކަންބޮޑުވާ ހިސާބަށް މިބަލީގެ ޙާލަތު ގޮސްފައެވެ.
އެގޮތުން އިއްޔެ ވެސް 146 މީހުން މިވަނީ ރާއްޖެއިން މި ބައްޔަށް ފައްސިވެފައެވެ.އޭގެ ތެރޭގައި ރާއްޖޭގައި މިވަގުތުތިބި އެހެނިހެން ގައުމްތަކުގެ މީހުން ހިމެނެއެވެ.
އޭގެތެރެއިން ވެސް ގިނައީ ދިވެހިންނެވެ.އެގޮތުން 117 ދިވެހިން މވަނީ ފައްސިވެފައެވެ.
މިއާއިއެކު ރާއްޖޭގައި މިބަލިޖެހިފައިވާ މީހުންގެ އަދަދު 6225އަށް އެރީއެވެ.