އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 145 ކަމަށެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 146 މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާ، 11 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާގެ 03 މީހަކާއި ސްރީލަންކާގެ 05 މީހަކާއި ނޭޕާލް އަދި ޖަޕާން އަދި ޖޯރޑަން މީހެކެވެ.
ރަނގަޅުވެފައިވަނީ 127 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 3915 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. 6،370 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 100،233 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1355 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 161 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 24 މީހަކު ވަނީ މަރުވެފައެވެ.