ސައިންޓިސްޓުންގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ ސަބަބުން ކޮރޯނާ ވައިރަސް ފެތުރުން އިތުރުވެދާނެއެވެ.
’ޖޯރނަލް އޮފް ޕީޑިއަޓްރިކްސް‘ އިން ދައްކާގޮތުގައި، ކުޑަކުދިންގެ ގައިގާ ކޮރޯނާ ވައިރަސް އަށަގަންނަލެއް މާ ގިނައެވެ.
”އަހަރެން ވަރަށް ހައިރާންވި ވަކި އުމުރަކަށް ބެލުމެއްނެތި ކުޑަކުއްޖެއްކަމުގައި ވާނަމަ އެ ކުދިންގެ ގައިގާ ވައިރަސް އަށަގެންފައި ހުރިވަރު ފެނިފައި“ މި ޖޯރނަލްގެ އިސް ލިޔުންތެރިޔާ ލައެލް ޔޮންކަރ ވަނީ ކުޑަކުދިންގެ ގައިގާ މިހާ ބޮޑަށް ވައިރަހުގެ އަސަރު ފެންނާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.
އަދި ވައިރަހުގެ ސަބަބުން އެނދުމަތިވެފައިވާ ބަލި މީހެއްގެ ގައިގާ ވައިރަސް ހުންނަ މިންވަރާއި، ހެލިފެލިވެ ރަނގަޅަށް އުޅޭ އެކަމަކު ބަލި ޖެހިފައިވާ ކުޑަކުއްޖެއްގެ ގައިގާ ހުރި މިންވަރު އަޅާ ކިޔާ އިރު، ކުޑަކުއްޖާގެ ގައިގާ މާ ބޮޑަށްވެސް ވައިރަހުގެ އަސަރު ބޮޑެވެ.
މި ހޯދުމުގެ ސަބަބުން އެނގިފައިވާ ގޮތުގައި، ކުޑަކުދިންގެ ސަބަބުން މުޖްތަމަޢުތެރޭގައި މި ބަލި ފެތުރުން އިތުރުވެދާނެއެވެ.